ads
ނިހާން--
ނަޝީދު އަބަދުވެސް ވާހަކަ ދައްކާނީ ދެ މާނަ ދޭހަވާ ގޮތަށް: ނިހާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވާހަކަ ދައްކަވާނީ ދެމާނަ ދޭހަވާ ގޮތަކަށް ކަމަށާއި އެއް ފަހަރު، ދައްކަވާ ވާހަކަ ދޮގުކޮށް އަނެއް ފަހަރު ދައްކަވާ ވާހަކަ ތެދު ކުރައްވާނެ ކަމަށް ކުރީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް ނަޝީދު ގަބޫލުކުރައްވާ ހަމަތައް ޕްރޮމޯޓްކުރުމަށްޓަކައި ކޮންމެ ފަދަ ހާލަތަކަށް ވެސް ގޮސްދާނެ ކަމަށާއި އަދި ކޮންމެ ވާހަކައެއް ވެސް ދައްކަވާފާނެ ކަމަށެވެ. 

"އަދި އެ ދައްކާ ވާހަކައަކީ ދެމާނަ އެކުލެވޭ، ދެ މިޔައިން ލިޔެވިފައި އޮންނަ ކަހަލަ ވާހަކައަށް އަބަދުވެސް ވާނެ. އެއް ފަހަރު އެކަން ތެދުކުރައްވާނެ. އަނެއް ފަހަރު އެކަން ދޮގު ކުރައްވާނެ،" ނިހާން ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނިހާން ވަނީ، އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ އެއްވެސް ދިރާސާ ކުރުމެއް ނެތި ކަމަށާއި އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކުޑަ ކަމެއްގެ ތެރެއިން ކޮންމެވެސް ވާހަކަފުޅެއް ހަމަ ދައްކަވަނީ ކަމަށެވެ. 

"އިސްތިއުފާ ދެއްވާފަ ނިކުމެވަޑައިގެން ވިދާޅުވީ ބަޑި ޖައްސައިގެންނޭ ތިމަންނާ އިސްތިއުފާ ދެއްވީ. ފަހުން ވިދާޅުވީ ބަޑިއެއް އެތާކުން ނުދެކެމޭ އިނގޭތޯ. އެހެންވީމަ އެވާހަކަ ވެސް ކިތަންމެ ކިތަންމެ ގޮތަކަށް އާންމު ސްޓޭޖުތަކާއި ރަސްމީ ސްޓޭޖުތަކުގައި ދައްކަވާފައި އެބަހުރި. ރާއްޖެއިން ބޭރުގައި ވެސް ދައްކަވާފައި އެބަހުރި،"

ނިހާން ވިދާޅުވީ، 2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް ގެނައުމުން، އިގްތިސޯދީ ގޮތުން ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ޒަމާންވީ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމާއި ދިވެހި ދައުލަތުގެ ކުންފުނިތަކުގައި ހިމެނޭ ބައެއް ކަންކަމަށް ގެއްލުންތައް ލިބޭ ގޮތަށް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް