ads
މައުމޫންއާއި ނަސްރީނާގެ ކުރީގެ ފޮޓޯއެއް / ފޮޓޯ: ސޯޝަލް މީޑިޔާ
މައުމޫނުގެ ކައިވެންޏަށް ބައި ގަރުނަށް ވުރެ ގިނަ އަހަރު!
މީގެ51 އަހަރުު ކުރިން 1969 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަސްރީނާ އިބްރާޙީމްގެ ކައިވެނި ބައްލަވައިގެންނެވި ދުވަހެވެ. މިއަދަކީ އެ ކައިވެނިފުޅަށް 51 އަހަރު ފުރުނު އުފާވެރި ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި އެދެބޭފުޅުންނަށް ދަނީ ގިނަ ބަޔަކު ތަހުނިޔާ ކިޔަމުންނެވެ.

މައުމޫން އަބްދުލް ގައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގަ އެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން އެމަނިކުފާނު ވަނީ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ.

އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް އިންތިހާބުކުރެވުނީ 2003 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ 90.02 އިންސައްތަ އަގްލަބިއްޔަތަކުންނެވެ.  

މައުމޫނު އާއި ނަސްރީނާ އެންމެ ފުރަތަަ ބައްދަލުވެވަޑައިގެންނެވީ 1965 އެވެ. އޭރު ނަސްރީނާ ދިޔައީ މިސްރުގައި ތައުލީމު ހާސިލް ކުރައްވަމުންނެވެ. އެކަމަނާގެ އުމުރުފުޅަކީ އޭރު 15 އަހަރެވެ. އަދި އޭރު މައުމޫނުގެ އުމުރުފުޅުން 27 އަހަރެ އެވެ. އޭގެ ހަތަރު އަހަރު ފަހުން 20 ޖުލއި 1969 ގައި މި ދެ ބޭފުޅުން މިސްރުގައި ކައިވެނި ބައްލަވައިގެންނެވި އެވެ.

ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ ނައިޖީރިޔާ ގެ ކާނޯގައި ހުންނަ އަހުމަދު ބެލޯ ޔުނިވާސިޓީ އާ މައުމޫނު ގުޅިވަޑައިގެން އެތަނުގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރެއްގެ މަގާމް ފުރުއްވިއެވެ.

ވިހި މާޗް 1970 ވަނަ އަހަރު، އުމުރުފުޅުން އެންމެ 20 އަހަރުގައި އެދެ ބޭފުޅުންނަށް އެއްމާބަނޑު ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އެވެ. ދެ ވަނަ ފަހަރަށް ނަސްރީނާ އާލާސްވެ އިންނެވުމުން ނަސްރީނާ މާލެ ފޮނުއްވާލެއްވުމަށް މައުމޫނު ގަސްތު ކުރެއްވި ކަމަށް ވެ އެވެ. މި ދެކަނބަލުންގެ ފުރަތަމަ ފިރިހެން ދަރިކަލުން ފާރިޝް އުފަންވެވަޑައިގެންނެވީ 31 މާޗް 1971 ގައި މާލޭގައެވެ.

އޭގެ ނުވަ އަހަރު ފަހުން މައުމޫނު ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ޣައްސާން އަބްދުލް ގައްޔޫމް ލިބިވަޑައިގަތެވެ. ޣައްސާން ލިބިވަޑައިގެންނެވީ 12 ޖޫން 1980 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް