ads
ހިސާންއާއި މީކާއިލް
ޖިންސީ ކުށުގެ ގާނޫނަށް ހުށައެޅި އިސްލާހުތައް ބަލައިގަނެފި
ޖިންސީ ކުށުގެ ގާނޫނަށް ހުށައަޅާފައިވާ ދެ އިސްލާހު މިއަދު ރައްޔިތުން މަޖިލީހުގެ ތަޅަމަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި އެވެ.
Advertisement

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ބަލައިގަނެފައި ވާއިރު މި ދެ ބިލު ދިރާސާކުރަން މިހާރު ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ.

ޖިންސީ ކުށުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގެ ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޑް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެއެވެ. 

މިއަދު މަޖިލީހުގެ ތަޅަމުން ބަލައިގަނެފައިވާ އަނެއް ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި އިސްލާހެވެ. މި ބިލުގައި ބުނެފައިވަނީ ޖިންސީ ޝިކާރައަށްވާ މީހާގެ އަހުލާގަށް ބަލާ އޭނާއާއި މެދު އެކުށް ނުހިނގާނެ ކަމަށް ކޯޓަށް ކަނޑައަޅަން އޮތްއޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ، ބ އުނިކުރުމަށްވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކުށުގެ ޝީކާރައަކަށް ވީ މީހާގެ އަބުރުވެރިކަމާ އަހުލާގާ ގުޅުން ހުރި ކަންކަމުގެ ތެރޭން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް އޭނާއާއި މެދު ހިނގާފައިވާކަމުގެ ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތެއް ފާހަގަވުމެވެ.

(ރ) ގައި ބުނެފައިވަނީ ކުށުގެ ޝިކާރައަށް ވީ މީހާއާޢި ކުށުގެ ތުހުމަތުގައި ހުރި މީހާގެ ވާހަކައަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައި ވުމަށްވުރެ ބޮޑަށް އެކަންއެގޮތަށް ނުހިނގާ ކަމެއްގެ ގޮތުގައި ބެލެވޭނެ ހާލަތެއް އޮންނަކަމަށް ކޯޓަށް ގަބޫލު ކުރެވުމެވެ. 

(ބ)ގައި ވަނީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއިމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން އޭނާއާއި ކުށުގެ ޝީކާރައަކަށްވީ ފަރާތާއި މެދު އޮތް ގުޅުމަކީ އަދި އެދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމެވެ. 

މި ބިލް ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ޖިންސީ ކުށުގެ ގާނޫނު މިހާރު އޮތް ގޮތުން މީހެއްގެ އަހުލާގަށް ބަލާ އޭނާއާއި މެދު އެކުށް ނުހިނގާ ކަމަށް ކަނޑައެޅުމުގެ ބާރު ކޯޓަށް އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް