ބެލޮންޑިއޯ އެވޯޑަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށް ބެލެވޭ އެވޯޑެވެ. މި އެވޯޑް ދޭން ފަށާފައިވަނީ 1956 ވަނަ އަހަރުއެވެ. 1956 އިން ފެށިގެން ހަމަ އެކަނި ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނަށް މި އެވޯޑް ދެމުން އައި ނަމަވެސް 1995 އަހަރުން ފެށިގެން މި އެވޯޑްވަނީ މުޅި ދުނިޔެއަށް ހުޅުވާލާފައެވެ.
މި އެވޯޑް އެންމެ ފަހުން ހާސިލްކޮށްފައިވަނީ މެސީއެވެ. މެސީ 6 ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ފަސް ފަހަރު މި އެވޯޑް ހާސިލްކޮށްފައެވެ.