ads
އިންޑިގޯ--
އިންޑިއާގެ އެންމެ ބޮޑު އެއާލައިން "އިންޑިގޯ"ގެ 2،400 މީހުން ވަޒީފާއިން ވަކިކުރަނީ
އިންޑިއާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ އިންޑިއޯ އިން ގާތްގަނޑަކަށް 2،400 މީހަކު ވަޒީފާއިން ވަކިކުރަން އެ އެއާލައިނުން ނިންމައިފިއެވެ.

އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯ އިން ބުނީ އެކުންފުންޏަށް މާލީ ބޮޑު ގެއްލުމެއް ލިބުމާއެކު އެކުންފުނީގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ވަޒީފާ ގެއްލިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގާތްގަނޑަކަށް 24،000 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އެކުންފުނިން ބުނި މުވައްޒަފުން ވަކިކުރަން ޖެހުނީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރު ކަމުގެ ސަބަބުން ކަމަށެވެ.

އިންޑިގޯއިން މިދިޔަ މަހު ބުނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުން ގާތްގަނޑަކަށް 533 މިލިއަން ޑޮލަރު ސަލާމަތްކޮށްފައިވާއިރު، އިންޑިގޯގެ ޗީފް އެކްޒެކެޓިވް ރޮނޮޖޮއި ޑުއްޓާ ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއި ކުރިމަތިލައި، ކުންފުނި ހިންގުމަށްޓަކައި ގުރުބާނީތަކެއް ވާންޖެހޭ ކަމެވެ.  

އިންޑިއާ ލޮކްޑައުނަކަށް ދިއުމާއެކު އެތައް މަހެއް ވަންދެން އިންޑިގޯގެ ދަތުރުތައް ވެސް ވަނީ ހުއްޓާލާފަ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އެ އެއާލައިން އަކީ އިންޑިއާގެ އެންމެ ބޮޑު ފަސިންޖަރު އެއާލައިނެވެ. އެގޮތުން އިންޑިގޯއިން ވަނީ މި އަހަރު މާޗް މަހު ވެސް އިންޑިއާގެ ވައިގެ ދަތުރުފަތުރުގައި 48.9 އިންސައްތައިގެ ހިއްސާކޮށްފަ އެވެ. އެ އެއާލައިން އަކީ ވިދިވިދިގެން 10 އަހަރު އެންމެ ފައިދާ ބޮޑު ކުންފުނީގެ ގޮތުގައި ހިންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގެ އެތައް އެއާލައިނަކަށް ދަނީ ގެއްލުން ކުރަމުންނެވެ. އެގޮތުން އެއާ ފްރާންސްއާއި އެއާ އޭޝިއާގެ އިތުރުން ބްރިޓިޝް އެއާވޭސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް