ads
ނުޝްރަތު ބަރުޗާ
ނުޝްރަތު ބަރުޗާ ވައްކޮށް ރޮށިދަމަން ދަސްކޮށްފި
ބޮލީވުޑްގެ ތަރި ނުޝްރަތު ބަރުޗާ ވައްކޮށް ރޮށި ދަމަން ދަސްކޮށްފި އެވެ.

ކޮވިޑް-19 އާ އެކު އައި ލޮކްޑައުން ގައި ބޮލީވުޑްގެ ތަރިން ދަނީ ގޭގައި ތިބެގެން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. 

އެގޮތުން، މީގެ ކުރިން އެ ތަރިން ނުކުރާ އެތައް ކަމެއް ކޮށް އާ ކަންތައްތައް ކުރަން ތަރިން ދަސްކުރަމުން އަންނަ އިރު، ބަދިގޭގެ ގިނަ ވަގުތުތަކެއް އެ ތަރިން ދަނީ ހޭދަ ކުރަމުން ނެވެ. 

ނުޝްރަތު ވެސް މި ލޮކްޑައުންގެ ދުވަސްތައް މިގޮތަށް ހޭދަކުރަމުން ދާއިރު، ދާދި ފަހުން އިންސްޓަގްރާމް ގައި އޭނާ ފޭނުންނާ ޝެއާ ކޮށްފައިވާ ފޮޓޯ އިން އޭނާ ވަނީ އޭނާ އަށް މިހާރު ވައްކަށް ރޮށި ދަމަން ދަސްވެއްޖެ ކަމަށް ބުނެފަ އެވެ. 

އޭނާގެ މަންމަ އާއު އެކު ނަގާފައިވާ އެ ފޮޓޯ އިން ނުޝްރާތު ދަމާފައިވާ ވައް ރޮށި ވެސް ފެނިގެންދެ އެވެ. 

ނުޝްރަތު ދަނީ ލޮކްޑައުންގެ ދުވަސް ވަރު އޭނާ ކުރަމުން އަންނަ ކަންތައް ފޭނުންނާ ހިއްސާ ކުރަމުން ނެވެ. އޭނާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ރާޖްކުމާރު ރާއޯ އާއި އެކު ޗައްލާންގް އިން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް