އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އެ ކުއްޖާ މާލޭ ގެނައި މިއަދު ހެނދުނުއެވެ.
ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވަނީ ދުވަސްވެގެން ބާވެފައިވާ ފާރެކެވެ. ވެއްޓިފައި އޮތް ފާރުގެ ދަށުން ކުއްޖާ ނެގީވެސް ކައިރީގައި ތިބި ކުދިންތަކެއްކަމަށްް އެރަށު މީހުން ބުނެއެވެ އަދި އެއަށްފަހު، ކައިރީގައި ހުރި ގެއަކަށް ގެންދިޔަ ކަމަށާއި ހެލްތު ސެންޓަރާ ހަމައަށް ގެންދެވުނީ އޭގެ ފަހުން ކަމަށްވެސް ބުނެއެވެ.