ads
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން
ޝުޖާއު ސަސްޕެންޑްކޮށްފި
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާނު ސަސްޕެންޑްކޮށްފި އެވެ.

ޝުޖާއު އުސްމާނު ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތަހުގީގަށް ފަހު ދެ މަސް ދުވަހުގެ މުއްދަތަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޝުޖާއު އުސްމާނަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ފާޅުގައި ރައީސް ޔާމީނާ އެކު އުޅުނު ފަނޑިޔާރެކެވެ. 

މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވުނު މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، އެ މައްސަލައިގެ ބެންޗު ބަދަލުކޮށް އަމިއްލައަސް ބެންޗުގައި ހިމެނި، ޔާމީންގެ އެކައުންޓްތައް ދޫކޮށްލި ފަނޑިޔާރުންގެ ތެރޭގައިވެސް ޝުޖާއު ހިމެނެއެވެ.

ޝުޖާއު އުސްމާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެ ދުވަސްވަރު ކޮންމެ ހަފުތާ ބަންދަކު ރައީސް ޔާމީންގެ ކެމްޕެއިންގައި ޝުޖާއު އުސްމާން ހުވަދުއަތޮޅަށް ދަތުރުކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް