ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތަކުން އޯގަސްޓު މަހު ވެސް ހިދުމަތް ހޯދޭނެ
މުއްދަތު ހަމަވެފައިވާ ނުވަތަ ގެއްލިފައިވާ އައިޑީ ކާޑުތައް ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށް، އެކާޑުތަކަށް އަންނަ މަހު ވެސް ހިދުމަތް ހޯދޭނެކަމަށް ނޭޝަނަލް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީއެންއާރް) އިން ބުނެފި އެވެ.

އެޑިޕާޓްމެންޓުން މިއަދު ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ކާޑުތައް ބޭނުންކޮށްގެން ހިދުމަތް ލިބޭނޭކަމަށް ކަނޑައަޅާފައިވާ ތާރީހު މި މަހުގެ ނިޔަލަށް ހަމަވާނެކަމަށާއި އެހެންކަމުން އެފަދަ ކާޑު ބޭނުންކޮށްގެން ހިދުމަތް ލިބޭ މުއްދަތު އަންނަ މަހުގެ ނިޔަަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެ ޑިޕާޓްމަންޓުން ވަނީ އާންމުކޮށް ދެމުންއައި އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަނޑާލަފައެެވެ.

އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ އާންމުން ކުރަމުންދިޔުމާއި ގުޅިގެންގެން އެޕްރީލް ހަތަރު ވަނަ ދުވަހު ކުރި އިއުލާއްނެއްގައި ބުނެފައި ވަނީ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާ ނަމަވެސް އައިޑީކާޑުގެ ބޭނުން ކޮށްގެން ހޯދަން ޖެހޭ ހިދުމަތްތައް 30 ޖޫންގެ ނިޔަލަށް ހޯދޭނެކަމަށެވެ. ދެވަނަ ފަހަރަށް މިމަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރި ނަމަވެސް މިއަދު ވަނީ އަނެއްކާ ވެސް އަންނަ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.

އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ހިދުމަތް ފޯރުކޮށްދޭވޭނެކަމަށް ވަނީ ބުނެފައެވެ. 

މިގޮތަށް މުއްދަތު އިތުރުކުރިނަމަވެސް އޮންލައިން ކޮށް ކާޑު ހެއްދުމަށް ހުށަހެޅޭނެކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތަށް އެދޭ މީހުންނަށް ފަސޭހަ އާއި ރައްކާތެރިކަމަށްޓަކައި، ކާޑު ހެދުމަށް އެދޭ މީހުންނަށް އެ އިދާރާގެ ވެބްސައިޓުން (www.dnr.gov.mv) ލިބެން ހުންނާނެކަމަށް އެ އިދާރާއިން ބުނެ އެވެ.

އެ ޑީޕާޓްމަންޓުން އިތުރަށް ބުނީ ހިދުމަތަށް އެދޭ ފަރާތްތަކަށް ކާޑު ބަލާ ދާއިރު އެޕޮއިންޓުމަންޓް ހަމަޖައްސައި އެކަމާ ގުޅޭ މައުލޫމާތު ހިދުމަތަށް އެދޭއިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެކަމަށެވެ.

ކާޑު ހަވާލުވާން އަންނަންވާނީ ކާޑުގެ ވެރިފަރާތްކަމަށާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ހަވާލުކުރާނީ، އައި.ޑީ ކާޑު ހިފައިގެން އައުމުން އެ ކުދީންގެ ބެލެނިވެރީންނާ ކަމަށާއި ވެރިފަރާތަށް ނާދެވޭނަމަ ފޯމު ހުށަހަޅާއިރު ކާޑު ހަވާލު ކުރާނެ ފަރާތެއްގެ މައުލޫމާތާއި ސަބަބު ބަޔާންކޮށް ވެރިފަރާތުގެ ސިޓީއެއް ސޮޔާއެކު ހިމަނަންވާނެކަމަށް އެ ޑިޕާޓްމަންޓްއިން ބުނެއެވެ.

މީގެ އިތުރުން ރައްރަށުގައި ގާއިމް ކޮށްފައިވާ ކަލެކްޓިން ސެންޓަރުތަކަށް ހުށަހަޅާ ކާޑުތައް ލިބޭނީ އެ ސެންޓަރުތަކުންކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް