
ޓްވީޓާ މެދުވެރިކޮށް އެ ވާހަކަ ހިއްސާކުރަމުން ކާންޔޭ ވަނީ ކިމްއަށް އެތައް ތުހުމަތުތަކެއްކޮށްފަ އެވެ. އެކަމަކު މިހާރު އެ ޓްވީޓުތައް ވަނީ ޑިލީޓްކޮށްލާފަ އެވެ.
ކާންޔޭ ބުނެފައި ވަނީ އޭނާ، ކިމްއާ ވަރިވާން މަސައްކަތް ފެށީ، 2018 ގައި ކިމް އާއި ރެޕް ލަވަކިޔުންތެރިޔާ މީކް މިލް ކްރިމިނަލް ޖަސްޓިސް ރެފޯމް ސަމިޓް އެއްގައި ބައިވެރިވެ، ވާހަކަ ދެއްކި ހިސާބުން ކަމަށެވެ.
ކާންޔޭ ކުރި ޓްވީޓެއް
ކާންޔޭ ކުރި ޓްވީޓެއް
ކާންޔޭ ކުރި ޓްވީޓެއް
އެފަދަ ޓްވީޓްތަކެއް ކޮށްފައި މިވަނީ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެކަން ވެސް މީގެ ދުވަސްތަކެއް ކުރިން އިއުލާންކޮށްފައި ވަނިކޮށެވެ.
ކިމް އާއި ކާންޔޭގެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ.
ކާންޔޭ ވަނީ ކިމްގެ މަންމައަކީ ނަސްލީ ތަފާތުކުރާ މީހެއް ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.
އެކަމާއި ގުޅިގެން ކާންޔޭ ބުނީ އުތުރު ޗާލްސްޓަންގައި އޭނާ ދެއްކި ވާހަކަތަކަކާއި ގުޅިގެން ކިމްއާއި ކިމްގެ މަންމަ ވަނީ ދެ ޑޮކްޓަރުން ގެނެސް، އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރަން މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
ބައި ގަޑއިރުގެ ތެރޭގައި އެ ޕޯސްޓުތައް ޑިލީޓުކޮށް ކާންޔޭ ކުރި އިތުރު ޓްވީޓުގައި ވަނީ "މުސްތަގުބަލުގެ ރައީސް ބުނާ" ކަމަށެވެ.
ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ކިމްއާއި ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގެ މޭމަހު އެވެ.