ads
ރޮކީ އަށް ސީއެފްޑީއޭ ފެޝަން އައިކޮން އެވޯޑް
ރޮކީ އަށް ސީއެފްޑީއޭ ފެޝަން އައިކޮން އެވޯޑް
އޭސާޕް ރޮކީ އަށް 2025 ވަނަ އަހަރުގެ ސީއެފްޑީއޭ ފެޝަން އައިކޮން އެވޯޑް ލިބި، އޭނާގެ ލޯބިވެރިޔާ ރިހާނާ އާ އެއް ހަމައަކަށް އަތުވެއްޖެ އެވެ.
Advertisement

މިއީ 2014 ވަނަ އަހަރު ރިހާނާ އަށް ވެސް ލިބިފައިވާ ޝަރަފެކެވެ. ފެޝަން ދުނިޔޭގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވާ ފަރާތްތަކަށް އަރުވާ މި އެވޯޑަކީ ވަރަށް ގިނަ ފަރާތްތަކުން އިންތިޒާރުކުރަމުން އައި އެވޯޑެކެވެ. މި ހަފުލާގައި ފެޝަން ދާއިރާގެ ގިނަ  ފަރާތްތަކެއް ވަނީ ބައިވެރިވެފަ އެވެ.

މި ހަފުލާގައި އެހެން ބައެއް ފަރާތްތަކަށް ވެސް މުހިންމު އެވޯޑުތަކެއް ލިބިގެން ދިޔަ އެވެ. އެގޮތުން، "އެމެރިކަން އެކްސެސަރީ ޑިޒައިނާ އޮފް ދަ އިޔާ" ގެ އެވޯޑް މަޝްހޫރު އޯލްސަން އެއްބަނޑު ދެބެއިން ކަމަށްވާ މޭރީ-ކޭޓް އަދި އެޝްލީ އަށް ލިބުނެވެ. މީގެ އިތުރުން، ފެޝަން އިންޑަސްޓްރީ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ "ޕޮޒިޓިވް ޗޭންޖް އެވޯޑް" މަޝްހޫރު ޑިޒައިނަރު ޑޮނަޓެލާ ވާސާޗޭ އަށް ލިބުނެވެ. 

މި ހަފުލާގެ ރަތް ކާޕެޓު  މަތިން ގިނަ ތަރިންތަކެއް ފެނިގެން ދިޔައިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ 1999 ވަނަ އަހަރު އެމްބާ ވެލެޓާ ބޭނުންކުރި މަޝްހޫރު ފެހި ހެދުމުގަ އެވެ. ޑޮނަޓެލާ ވާސާޗޭ އަށް ޝަރަފު އަދާކުރުމުގެ ގޮތުން ވެލެޓާ އެ ހެދުން އަނެއްކާ ވެސް ބޭނުންކުރުމަކީ ހަފުލާގައި ހާއްސަ ހޯދި ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް