ޑިޑީއަކީ ކޮންމެ އަހަރެއްގެ ހެލޮވީންއަށް ވަރަށް އަގުބޮޑު އަދި ތަފާތު ޕާޓީތައް ބާއްވައިގެން މަޝްހޫރުވެފައިވާ ފަރާތެކެވެ. ނަމަވެސް މިއަހަރު އޭނާ ހެލޮވީން ހޭދަކުރަމުން ދަނީ ޖަލުގައެވެ.
ލޮސް އެންޖަލިސްގައި ބޭއްވި ހެލޮވީން ހަފްލާއެއްގައި ކިންގް ކޮމްބްސް ފެނިފައިވަނީ ފިލްމީ އެއް ކަމަށްވާ "ޖޯކާ" ގެ ކޮސްޓިއުމެއްގައެވެ. އޭނާގެ ލޯބިވެރިޔާ ވަނީ "ހާލީ ކުއިން" ގެ ގޮތުގައި ފައެވެ. ބައްޕައަށް ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތަކާ އެކުވެސް، އޭނާގެ އާއިލާ އާންމު ހަފްލާތަކުގައި ބައިވެރިވަމުން އަންނަކަން މީގެން ހާމަވެއެވެ.
މީގެ ކުރީގެ އަހަރުތަކުގެ ހެލޮވީން ޕާޓީތަކުގައިވެސް ޑިޑީގެ ދަރިންނާއި އެހެން މަޝްހޫރު ފަރާތްތަކާ ދެމެދު މައްސަލަތައް ހިނގާފައިވެއެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ހެލޮވީން ޕާޓީއެއްގައި އޭނާގެ ދަރިންނާއި ލަވަކިޔުންތެރިޔާ ރޭ ޖޭއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، ފަހުން އެކަން ހައްލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑިޑީ ޖަލަށް ދިއުމަކީ އޭނާގެ އާއި އާންމު ދިރިއުޅުމަށް އައި ބޮޑު ބަދަލެކެވެ.