އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އާ ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 248 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުން ހިމެނޭ ކަމަށެވެ.
އަދި ބަނދަރު ސަރަހައްދުގައި ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ގައި އެ ކުންފުންޏާއި ހަވާލުކުރި އެ މަޝްރޫއުއަކީ 42.18 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.