ads
ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާ
ހައިކޯޓު ހިންގުން ފަނޑިޔާރު ޝުއައިބާ ހަވާލުކޮށްފި
ހައިކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޝުޢައިބު ޙުސެއިން ޒަކަރިއްޔާއާ ހަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. ޖޭއެސްސީން މި ގޮތަށް ނިންމައި، ޝުޢައިބުއާ ހައިކޯޓު ހިންގުން ހަވާލުކުރީ، އެ ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝުޖާޢު އުސްމާނު މިއަދުން ފެށިގެން ސަސްޕެންޑް ކުރުމަށް ފަހު އެވެ.

ހައިކޯޓުގެ ހިންގުން މިއަދު ހަވާލުކުރެވުނު ޝުޢައިބު ޙުސެއިން ޒަކަރިއްޔާއަކީ، 2011 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެއީ މި ވަގުތު ހައިކޯޓުގެ އިތުރުން ޝަރުޢީ ދާއިރާގައި ހުންނެވި އެންމެ ސީނިއަރއެއް ފަނޑިޔާރުވެސް މެއެވެ.

ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، ޤަތަރު ޔުނިވަރސިޓީ އިން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން 1997 ވަނަ އަހަރު ފުރަތަމަ ޑީގްރީ ހާސިލް ކުރެއްވުމަށް ފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޝުޢައިބު ޙުސެއިން ޒަކަރިއްޔާވަނީ ކުރިން ހައިކޯޓުގެ ދެކުނު ގޮފީގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޝުޢައިބު ޙުސެއިން ޒަކަރިއްޔާވަނީ ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަންވެސް ކުރައްވާފައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު މިއަދު ސަސްޕެންޑް ކުރިއިރު، އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީ އިއްޔެވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ހައިކޯޓުގައި މިހާރު ތިއްބެވީ ދިހަ ފަނޑިޔާރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް