ads
ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީ ގާއިމްކޮށްފި
ސޯޝަލް ސެންޓަރުގައި އެތުލީޓުންނަށް ހާއްސަ އައިސް ބާތު ފެސިލިޓީ އެއް ގާއިމްކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ތަރައްގީކުރަން ފެށި އެ ފެސިލިޓީގެ މަސައްކަތް ނިންމާލާފައި ވަނީ މި ހަފްތާގެ ތެރޭގަ އެވެ. އެހެން ނަމަވެސް ފެސިލިޓީ ބޭނުން ކުރަން އަދި ނުފަށާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

ޔޫތު މިނިސްޓްރީން ބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމް ކުރެވިގެން މިދިޔަ އައިސް ބާތު ފެސިލިޓީގައި އެއް ފަހަރާ ހަ މީހުންނަށް ވަކި ވަކިން އައިސް ބާތު ރިކަވަރީ ނެގޭނެ ކަމަށެވެ. 

ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ރިކަރަވަރީ ރޭޓު އަވަސްކޮށްދޭ އައިސް ބާތު އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަމްރީންތަކަށް ފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާކަމެކެވެ.

ރާއްޖޭގެ އެތުލީޓުން ތަމްރީނުތަކަށް ފަހު އައިސް ބާތު ނަގައި އުޅެނީ ބޭބީ ޕޫލް އަށް އައިސް އަޅައިގެން އެއަށް އެރިގެންނެވެ. އެހެން ކަމުން އަލަށް ތަރައްގީ ކުރެވިގެން މިދިޔަ ފެސިލިޓީ އާ އެކު ރާއްޖޭގެ އެތުލީޓުންނަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ އެވެ.

އެ ފެސިލިޓީގެ މަސައްކަތް ނިމުމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓުގައި މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީ ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ ވަރަށް ގިނަ އެތުލީޓުންނެއްގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. މިއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް