ads
އެމިރޭޓްސް އެއާލައިން ގެ ބޯޓެއް-- ފޮޓޯ: އަރަބިއަން ބިޒިނަސް
ޑިމާންޑު އިތުރުވެ ރާއްޖެ އަށް ކުރާ ދަތުރުތައް ވެސް އިތުރުކުރަނީ
ރާއްޖެ އަންނަން ބޭނުންވާ މީހުންގެ ޑިމާންޑު އިތުރުވުމާއި އެކު އެމިރޭޓްސް އެއާލައިން އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކުރަން އެ އެއާލައިން އިން ނިންމައިފި އެވެ.

މިހާރު ވެސް ރާއްޖެ އަށް ހަފްތާ އަކު ފަސް ދަތުރު އެމިރޭޓްސް އިން ކުރަމުން އަންނަ އިރު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަފްތާ އަކު ހަ ދަތުރު ކުރުމަށް ތާވާލުކޮށްފައި ވާކަމަށް އެމިރޭޓްސް އިން ބުނެ އެވެ. 

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން އެމިރޭޓްސް އިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. 

އެހެން ނަމަވެސް ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު އެމިރޭޓްސް އިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ވަނީ ޖުލައި 16 ވަނަ ދުވަހު އަލުން ފަށާފަ އެވެ. 

އެގޮތުން އެމިރޭޓްސް އިން ރާއްޖެ އަށް ދަތުރު ކުރަނީ ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، ހޯމަ އަދި ބުރާސްފަތި، ހުކުރު ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު އެވެ. 

ކޮވިޑް-19 އާއި އެކު އެމިރޭޓްސްގެ ދަތުރުތައް މެދެކަނޑާލާފައި އޮވުމަށް ފަހު އަލުން އެ އެއާލައިންގެ ދަތުރުތައް ފަށާފައިވާ އިރު، ރާއްޖެ އަށް އެ އެއާލައިނުން ކުރާ ދަތުރުތައް ކުރަނީ މާލެ އާއި ދުބާއީ އާއި ދެމެދު އެވެ. 

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު 12 އެއާލައިނަކުން ވަނީ މިހާރު ރާއްޖެ އަށް ދަތުރުތައް ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް