ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓް ރައީސްއަށް ހުށަހަޅައިފި
ރިޕޯޓާ ގުޅިގެން މިހާރުވަނީ ފިޔަވަޅު އަޅަން ފަށާފައި
ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުމަށް ރައީސުލްޖްމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސްއަށް ހުށަހަޅައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަން މިހާރު ފަށާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެސްޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް ލަސްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވެފައިވެ އެވެ. 

ރައީސް ސޯލިހަށް އެ ކޮމިޝަނުގެ ރިޕޯޓް ހިއްސާކޮށްފައިވާއިރު މިއަދު ހަވީރު 15:45 ގައި އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ނިންމާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް