ads
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު--
ނުލިބޭ ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ: އައްސަދު
އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ، ރަށްތައް އަގު މަގުކުރާނެ އުސޫލެއް އޮތް ނަމަވެސް ފަޅުތައް އަގު މަގުކުރާނެ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން، އަގުތައް ބަލާފައި ވަނީ ރަށްތައް ހިމަނައިގެން ފާހަގަކުރައްވާ އައްސަދު ވިދާޅުވީ ނުލިބިގެން އުޅެނީ 77 މިލިއަން ޑޮލަރު ނޫންކަމަށެވެ. 

އަދި ނުލިބިގެން އުޅެނީ 210 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ އަޑެއް މިވެނި އެއްޗެއް ގަންނަންވާ އަގަށް ވުރެ ބޮޑު އަގުގައި ގަނެފިއޭ. އޭގެ އަނެއް ކޮޅު ދައުލަތުގެ އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ މުދަލެއް ލިބެންވާ އަގަށް ވުރެ ކުޑަ އަގެއްގައި ދޫކޮށްލުމަކީ އެެއާ އެއްވަރަށް ބޮޑު މައްސަލައެއް،"

އޭގެ އިތުރުން އައްސަދު ވިދާޅުވީ، ދައުލަތަށް ފަޅުތައް ހިމަނައިގެން ލިބެން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނަމަ، ހަތަރު ބިލިއަނަށް ވުރެ މައްޗަށް އަރައިގެންދާނެ ކަމަށެވެ. އަދި އެފައިސާގެ ތެރެއިން ލިބިފައި ވަނީ 1.1 މިލިއަން ކަމަށް ވެސް ވިދާޅުވި އެވެ. 

ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި 37 ރަށަކާއި 12 ފަޅެއް ހިމެނޭއިރު އައްސަދު އިތުރަށް ވިދާޅުވީ، އެ ރަށްތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ގުޅިގެން ދެ ހިޔާލެއް ދީފައިވާ ކަމަށެވެ. އެއީ ގާނޫނީ ހަމުގެ ތެރެއިން އެކަމަށް ހައްލެއް ހޯދުމާއި އެކަމުގެ އިގްތިސޯދީގޮތުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ގޮތެއް ކަނޑައެޅުން ކަމަށެވެ. އަދި މަދަނީ މައްސަލައެއްގައި ޖިނާއީ ކަމެއް އެކުލެވިގެންވާނަމަ އެކަން ހުއްޓާލެވިގެން ނުވާނެކަން ފާހަގަކުރެއްވި އެވެ.  

އަދި ދައުލަތުގެ އެއްވެސް މުދަލެއް އަމިއްލަ ފަރާތަކާއި ހަވާލުކުރެވޭނަމަ އެ ބޭނުންކޮށްގެން މަންފާއެއް ހޯދާއިރު ރައްޔިތުންނަށް ވެސް މަންފާ ވާންޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އެކަން ނުވާނަމަ ބައެއްގެ އަތުގައި މުދާ ބޭއްވުމުގެ ރަނގަޅު ސަބަބެއް ނުފެންނަ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް