ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
އެމްއެމްއޭ އޮތީ ފެއިލްވެފައި: އައްސަދު
Share
ހިޔާނާތުގެ މައްސަލަތަކުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އޮތީ ފެއިލްވެފައި ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެ ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތައް ހިންގުމުގައި ބޭންކިން ނިޒާމުގެ ތެރޭގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރިިއިރު އެކަމަށް މަދު ހައްލުތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.   

އެހެންނަމަވެސް އެކަން އަދިވެސް ދިމާވެދާނެ ކަންކަން ހުރިކަން ފާހަގަކުރައްވާ އައްސަދު ވިދާޅުވީ، ފައިސާގެ ގޮތުގައި ތަކެތި ބަލައިގަތުމާއި ގުޅޭ ގޮތުން ހެދިފައިވާ ގާނޫނު ވެސް ބޭނުންކުރެވިފައި އޮތީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ. 

އަދި އެކަންތައް އެހެން ހިނގާދިޔައިރު މާލީ ކަންކަން ބެލުމަށް އޮންނަ އެމްއެމްއޭގެ ތެރެއިން ވެސް ފެނިގެންދިޔައީ ފެއިލިޔާ ކަމަށް އައްސަދު ވިދާޅުވި އެވެ. 

ރާއްޖޭގެ ތާރީހުގައި ފަޅާއެރި އެންމެ ބޮޑު ހިޔާނާތް ހިނގާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރަކަށް އަޒީމާ އާދަމް ހުންނަވަނިކޮށެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އެންގިއިރު އޭނާ ވަނީ އެމެރިކާއަށް ދިރިއުޅުއްވުން ބަދަލުކުރައްވާފަ އެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު އެމެރިކާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް