ads
އެރިކާ އާއި ޕާތު އަދި ހީނާ--
ޕާތު ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ
ކޮވިޑް-19 އަށް ޕޮޒިޓިވްވި ޓީވީ ތަރި، ޕާތު ސަމްތާން އެ ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.

އެކަން ޕާތު ވަނީ އިންޑިއާގެ ނޫސްތަކަށް ކަށަވަރުކޮށްދީފަ އެވެ. ބައްޔަށް ނެގެޓިވްވި ނަމަވެސް އަދި ކަސޯޓީގެ ޝޫޓިންތަކާއި އޭނާ އަލުން ގުޅޭނީ ކިހާ ދުވަހަކުން ކަމެއް ހިއްސާއެއް ނުކުރެ އެވެ.

މިމަހުގެ ކުރީކޮޅު ޕާތު ބައްޔަށް ޕޮޒިޓިވްވެ، ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ޝޫޓިންތައް ވެސް މެދުކަނޑާލަން ޖެހުނެވެ.

އެ ޝޯގައި އަނުރާގުގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޕާތު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، އެ ސެޓުގައި މަސައްކަތް ކުރަމުންދިޔަ މީހުން ވެސް ބައްޔަށް ޓެސްޓް ކުރި އެވެ. އެގޮތުން ޕްރޭނާގެ ރޯލުން ފެނިގެންދާ، އެރިކާގެ އިތުރުން އެހެން ތަރިން ވެސް ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.

ދެވަނަ ސާމްޕަލުން ޕާތު ބައްޔަށް ނެގެޓިވްވިއިރު މިމަހުގެ 26 ގައި ވެސް އަދި ސާމްޕަލް ނަގަނާ އެވެ. ބައްޔަށް ޕޮޒިޓިވްވުމުގެ ކުރިން ކުރިއަށް އޮތް ދެ ތިން އެޕިސޯޑުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވާތީ މިހާރު ޝޯ އިން އޭނާ ފެނިގެންދިޔަ ނަމަވެސް ކުރިއަށް ހުރި އެޕިސޯޑުގައި ޝޯގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނާނެ އެވެ. 

ބެލެވޭ ގޮތުގައި ދެން ޕާތު މަސައްކަތާއި ގުޅޭނީ އަންނަ މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް