ads
އަމީތާބު އޭނާގެ ކާފަ ދަރިފުޅާއެކު--
އަމީތާބު ކޮވިޑަށް ނެގެޓިވްއެއް ނުވޭ، އަދިވެސް ހޮސްޕިޓަލުގައި
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު، އަމީތާބު ބައްޗަން ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ފެތުރެމުންދާ ހަބަރުތައް ދޮގުކޮށްފި އެވެ.

ޓްވީޓާ މެދުވެރިކޮށް އަމީތާބު ވަނީ އޭނާ ކޮވިޑް-19 އަށް ނެގެޓިވްވެފައި ނުވާ ކަމަށް ބުނެފަ އެވެ.

މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި އަމީތާބާއި އޭނާގެ ފިރިހެން ދަރިފުޅު، އަބިޝޭކްއަށް ފަރުވާދެމުން އަންނައިރު އޭގެ ފަހުން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ވަނީ އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު ވެސް ކޮވިޑްއަށް ޕޮޒިޓިވްވެފަ އެވެ. 

އެމީހުން ވެސް މިހާރު ވަނީ އެ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. 

އަމީތާބު ދިރިއުޅޭ ގޭގެ ސަރަހައްދު ބަންދުކޮށް ޑިސްއިންފެކްޓްކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އަމީތާބަށް އެ ބަލި ޖެހުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފަ އެވެ. އުމުރުން 77 އަހަރުގެ އަމީތާބަށް ބަލި ޖެހުމުން ގިނަ ބަޔަކު ކަންބޮޑުވީ މީގެ ދުވަސްތަކެއް ކުރިން ވެސް އޭނާގެ ހާލަތު ވަރަށް ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާތީ އެވެ. 

އެކަމަކު އަމީތާބު ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އިހުތިރާމަށް ޝުކުރު އަދާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް