ads
ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް---
ބޯޑަރު ހުޅުވާލުމާއި އެކު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަތުވެއްޖެ
ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލުމާއި އެކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު މިވީ ދިހަ ދުވަސް ތެރޭގައި 266 ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެ އެވެ. 

އިމްގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ލަންކާ އިން އެކަނިވެސް 123 މަސައްކަތްތެރިން ވަނީ އައިސްފަ އެވެ. 

އޭގެ އިތުރުން އިންޑިއާ އިން 36 މީހުން އައިސްފައިވާ އިރު، ތުރުކީ އިން 13 މީހުން ވަނީ އައިސްފަ އެވެ. އަދި ފިލިޕީންސް އިން 11 މީހަކު ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ދިހަ ދުވަސް ތެރޭގައި ޗައިނާ އިން ނުވަ މީހުން އަދި އިޓަލީ އިން ހަތް މީހުން ވަނީ މަސައްކަތް ކުރުމަށް ރާއްޖެ އައިސްފަ އެވެ. އަދި މިސްރުން ހަތް މީހުން، އިނގިރޭސިވިލާތުން ހަތް މީހުން، ފްރާންސުން ފަސް މީހުން އަދި މެލޭޝިއާއިން ފަސް މީހުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

އިިމިގްރޭޝަނުން ބުނީ އެހެނިހެން ގައުމުތަކުން 42 ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް