
އެކަމަކު މަސައްކަތް ފަށާފައިވާތީ އެ ޝޯގެ ޝޫޓިންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ޕްރެނާގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެރިކާ އިންޑިއާގެ ނޫސްތަކަށް ބުނާ ގޮތުގައި އޭނާ ބައްޔަށް ނެގެޓިވް ނަމަވެސް އަދި އިތުރު ދުވަސްތަކެއް ވަންދެން ކަރަންޓީނުގައި ހުރެ އަލުން ޓެސްޓް ކުރަން ޖެހެ އެވެ. އަދި ސެޓުގައި އޭނާއަށް ޝޫޓިންތައް ކުރިއަށް ގެންދެވޭނީ އެ މުއްދަތަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.
ޕްރެނާ ބުނީ، އޭނާ މިހާރު ޝޫޓިންތައް ކުރިއަށް ގެންދަނީ ގޭގައި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ދަތިކަމެއް ދިމާވަނީ ކައިރީގައި ކޯ ސްޓާ ނުހުންނާތީ ކަމަށް ވަނީ ބުނެފަ އެވެ.
ޕްރެނާ ބުނީ އޭނާއަކީ އޮންލައިން ޗެނަލެއް ހިންގާ މީހެއްކަމުން އެކަމަކީ މާއުނދަގޫ ވާނެ ކަމެއްކަމަށް ފުރަތަމަ ގަބޫލު ނުކުރެވޭ ކަމަށެވެ. އެކަމަކު އެކަން ކުރަން ޖެހުމުން މިއީ ކިހާ އުނދަގޫ ކަމެއްކަން އެނގޭ ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެއްވެސް ކިއު އެއް ނުލިބި ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ވަނީ ބުނެފަ އެވެ.
އެރިކާ ވަނީ ޑައިރެކްޓަރާއި ސިނެމޮޓޮގްރާފަރާއި ކްރިއޭޓިވް ޓީމުން އޭނާގެ ހަރަކާތްތައް ބަލަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ކަމަށެވެ. އަދި ޝޫޓިންއާ ގުޅޭ ކަންކަން މަޝްވަރާ ކުރަނީ ވެސް ފޯނުން ކަމަށް ވަނީ ބުނެފަ އެވެ.
ޕާތު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭނާ ވަނީ ކުރިއަށް އޮތް ގިނަ އެޕިސޯޑުތަކެއް ނަގާފަ އެވެ. އަދި ދެވަނަ ޓެސްޓުން އޭނާ ބައްޔަށް ނެގެޓިވްވެފައިވީނަމަވެސް މަސައްކަތަށް ނިކުމެވޭނީ އަދި ކިހާ ދުވަހެއްގައި ކަމަށް ބުނަން ދަތި ކަމަށް ޕާތު ވަނީ ބުނެފަ އެވެ.
ކަސޯޓީއަކީ ދިވެހިންގެ މެދުގައި ވެސް ރަށް މަގްބޫލު ޝޯއެކެވެ.