ads
ފޮޓޯ:ޑީޑަބްލިއު
ވިއެޓްނާމްއަށް ޖަނަވާރު އެތެރެކުރުން އަދި ޖަނަވާރުގެ ވިޔާފާރިކުރުން މަނާ ކޮށްފި!
ވިއެޓް ނާމަށް ޖަނަވާރު އެތެރެކުރުން މަނާކޮށް ޖަނާވެރުގެ ވިޔާފާރިތަށް ބަންދުކުރަން ނިންމައިފި އެވެ.

އެގައުމުގެ ޕުރައިމް މިނިސްޓަރު ނުގްޔެން ޒައެން ފުޔުކް ސޮއިކުރައްވާ ނެރުނު އަމުރެއްގައި ބުނެފައިވަނީ ، ހުރިހާ ބާވަތެއްގެ ޖަނަވާރު އެތެރެ ކުރުމާއި ޖަނަވާރުގެ ވިޔަފާރިކުރުން ބޭން ކުރާކަމަށެވެ. މިކަން މިގޮތަށް ނިންމާފައިމިވަނިީ ޖަނަވާރުންގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަށް އިތިރުވެ އެކަމުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ބޮޑުވެފައިވާ ދަޑިވަޅެއްގައެވެ.

އެގޭ ތެރޭގައި އެފަދަ ތަކެތީގެ ބިހާއި، އެފަތަ ތަކެތި ދިރުވާ އާލާކުރެވޭނެ އެއްވެސް އެއްޗެއް އެތެރެ ނުކުރެވޭނެކަމަށާއި، އެފަދަ ތަކެތި ޓުރޭޑް ކުރާމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް އެ އަމުރުގައި ވެއެވެ.

ޖަނަވާރު ޓްރޭޑް ކުރުން ހުއްޓުވުމަށް މައްސައްކަތް ކުރާ ގުރޫޕެއް ކަމަށްވާ ފްރީ ލޭންޑްގެ ޑިރެކްޓަރު ސްޓީވް ގަލްސްޓާ ވިދާޅުވީ، ކޮވިޑް 19 ގެ ބަލިމަޑު ކަމާއިއެކު އެކި ބާވަތުގެ ޖަނަވާރު ޓްރޭޑް ކުރުމުގެ މައްސަލަ އިތުރަށް ބޮޑުވެގެންދިޔަކަމަށާއި އެހެކަމުން ވިއެޓްނާމުގެ ގާނުނު ހަދާ ފަރާތްތަކުގެ ސަމާލުކަމަށް މިމައްސަލަ އިތުރަށް އައިސްފަވާކަމަށެވެ. އަދި ޖަނަވާރުން ޓްރޭޑް ކުރުމާއި ޖަނަވާރުގެ ވިޔަފާރި ކުރުން މަނާ ކުރުމަށް ޓަކައި އެފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެކި ހިސާބްތަކުގައި އާންމުކޮށް އިންސާނުން ކެއުމުގައި ހުރިހާ ބާވަތެއްގެ ޖަނަވާރުގެ ބާވަތްތައް ބޭނުންކުރެ އެވެ. 

މުޅި ދުނިޔެ ބިރުވެރިކަމަކަށް ވައްޓާލައި ގާތްގަޑަކަށް 6 ލައްކައެއް ހާމީހުން މަރުވެފައިވާ ކޯވިޑް 19ބަލި ފުރަތަމަ ޖެހުނީވެސް ޖަނަވަރެއްގެ ސަބަބުންކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައިވާއިރު ޗައިނާގެ ހުބެއި ޕޮރޮވިންސްއިން މީގެ ފުރަތަމަ ކޭސް ފެނިފައިވަނީ ވޫހާން ސްޓޭޓް ގައި ހުރި މައްޝްހޫރު ސީފްޑް މާރްކޭޓަކުން ކަމުގައި ރިޕޯޓްތައް ބުނެއެެވެ. 

މިބަލި އައިސްފައިވަނީ ވާލެއްގެ ޒަރިއްޔާއިން ކަމަށްވެސް ރިޕޯޓްތަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް