ads
ޗިލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އުފާ ފާޅު ކުރަނީ-- ފޮޓޯ: އަލްޖަޒީރާ
ޗިލީގެ ކޮންމެ ރައްޔިތަކަށް ފެންޝަން ފަންޑުގެ 10 އިންސައްތަ!
ޗިލީގެ ކޮންމެ ރައްޔިތަކަށް ޕެންޝަން ފަންޑުގެ 10 އިންސައްތަ ދޭން ނިންމައިފި އެވެ.

ޗިލީގެ ރައީސް ސެބާސްޓިން ޕިނޭރާ ސޮއި ކުރައްވާ ނެރުއްވި މި ގަވާއިދުގައި ވަނީ، ކޮންމެ ރައްޔިތަކަށް ފެންޝަން ފަންޑުގެ 10 އިންސަތަ ދިނުމަށް ނިންމާފައެވެ. ފެންޝަން ފަންޑުގެ 10 އިންސަތަ ދޭން ނިންމުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ބައިވެރިން ވަނީ ތަޅުމުގައި އުފާފާޅު ކޮށްފަ އެވެ. އަދި "ތަންބް އަޕްސް"ގެ ނިޝާނާ އެކު ސެލްފީވެސް ނަގާފައެވެ.

ކޮވިޑް 19 އާ ގުޅިގެން އާންމުދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކާއި ބަލި މަޑުކަމުގެ ތެރެއިން ދިރުއުޅުމުގެ ހާލަތަށް ދަތިތަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމަށް އެގައުމުގެ ސިޓިޒެންޝިޕް އޮތް ކޮންމެ މީހަކަށް މިފަންޑު ދިނުމަށް ވަނީ ނިންމާފައެވެ.

މިބިލަށް މަޖިލީހުގެ ތެރެއިން ތަފާތު އެކިފަހަރުމަތިން ބަހުސް ކުރެވި ވޯޓްތަށް ނެގިފައިވާއިރު ބިލް ފާސްވެފައިވަނީ އިދިކޮޅު ޕަޓީތަކާއި ސަރުކާރުގެ ޕާޓީގެ ވެސް ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. މި ބިލް ފާސް ވެފައިވަނީ މަޖިލީހުގެ ފަސްބައިކުޅަ ތިންބައި މެޖޯރިޓީ އާއިއެކު، 93 ވޯޓުގެ އިތުރުން 116 ޑެޕިޔުޓީސް ވޯޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް