ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ދިޔަ އަންހެނެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ތަސްލީމާ އުސްމާން ވަނީ “ސީއެންއެމް“އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ތަސްލީމާ ވިދާޅުވީ މި މާބަނޑު އަންހެން މީހާ ޕޮޒިޓިވްވިކަން އިނގިގެން ދިޔައީ ހޮސްޕިޓަލަށް ގޮސް ޓެސްޓު ކުރުމުން ކަމަށެވެ. އަދި މި އަންހެން މީހާ އަކީ ވިހަން ދިޔަ މީހެއް ކަމަށާއި އެއީ އެޑްމިޓް ކުރެވިފައިވާ މީހެއް ނޫންްކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އިތުރު 55 މީހަކު އިއްޔަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3175 އަށް އަރާފައެވެ. މި ބަލީގައި މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ. އިއްޔަ 70 މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން ބަލިން ރަނގަޅުވި ޖުމްލަ އަދަދު ވަނީ 2498 އަށް އަރާފަ އެވެ.