ads
ކޮމާލިކާ ލީ އެހެންތަރިން ނޫނެކޭ ބުނި ހެދުންތައް
ކަސޯޓީ ޒިންދަގީ ކޭ ގެ ފުރަތަމަ ބައިން ކޮމާލިކާގެ ރޯލުން ފެނިގެން ދިޔަ އުރުވަޝީ ދޮލަކިއާ ވަނީ އޭނާ ކަސޯޓީ ގައި ލާފައި ވަނީ އެހެން ތަރިން ނުލާނަމޭ ބުނެފައިވާ ހެދުންތައް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއް ގައި އުރުވަޝީ ބުނެފައި ވަނީ ކޮމާލިކާ ގެ ރޯލު އޭނާ ކުޅުނު އިރު، އެއް ދުވަހަކު ކަސޯޓީގެ ސްޓައިލިސްޓު އޭނާ އަށް ގަމީހެއްގެ ފޮޓޯ ފޮނުވައި އެ ލުމަށް ބުނުމުން އެ ގަމީސް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ޝޫޓިންގައި އުޅެނިކޮށް އެއީ އެހެން ތަރިއަކަށް އެ ސްޓައިލިސް ފޮނުވި ގަމީހެއް ކަމާއި އެ ގަމީސް ލުމަށް އެ ތަރި ބޭނުން ނުވުމުން އުރުވަޝީ އަށް އެ ގަމީސް ފޮނުވިކަން އެނގިގެން ދިޔަ ކަމަށެވެ. 

އެ ގަމީސް ގިނަ ބެލުން ތެރިންނަށް ކަމުދިޔުމުން، އެހެން ތަރިން ނުލާނަމޭ ބުނާ ހެދުންތައް އޭނާ ލާން ފެށީ ކަމަށް އުރުވަޝީ ބުނެ އެވެ. އަދި އެގޮތަށް ލާ ހެދުންތައް ބެލުންތެރިންނަށް ކަމުދިއުން، ވެގެން ދިޔައީ ވަރަށް މަޖާ ކަމަކަށް ކަމަށް ވެސް އުރުވަޝީ ބުނެ އެވެ. 

your image

އޭގެ އިތުރުން އެއްބައި ފަހަރު އެކްތާ ކަޕޫރުގެ މަންމަގެ އަތުން ހެދުން ހޯދައިގެން އެ ސީރީސް ގައި އޭނާ ހެނދުން ލާފައި ވާނެ ކަމަށް އުރުވަށީ ބުނެ އެވެ.

ކަސޯޓީ އިން އުރުވަށީގެ ރޯލް ގިނަ ބަޔަކަށް ކަމުގޮސް ފައި ވާއިރު، މިހާރު އޭގެ ދެ ވަނަ ބައެއް ދަނީ ގެނެސްދެމުންނެވެ. އަދި ވެސް ފުރަތަމަ ކޮމާލިކާގެ ރޯލް މާ ކަމުދާ ކަމަށް ގިނަ ބެލުންތެރިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް