ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
މަޝްވަރާގެ މޭޒަށް ނިކުތުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލައްވައިފި
ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ ސިޔާސީ ލީޑަރުން އެކީގައި މަޝްވަރާކުރަށް ނިކުތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއަދު 55 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިޠާބުގައި ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައި ވަނީ އެންމެންގެ ބައިވެރިވުމާއެކީ ކަންކަން ކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ގޮތުން އެންމެން އެއްބަސްވާން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ކޮންމެ ކަމަކީ ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތުދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. 

އެގޮތުން ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔުއްވާ ކަމަށެވެ. 

އޭގެ އިތުރުން ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ މުޖުތަމައުގައި ވެސް ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރާނީ ވެސް ސުލްހަވެރިކަމާއި ހަމަޖެހުމާއެކު ބިނާވެފައިވާ ހާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށެވެ. 

މިއަދު މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރައްމުން އަންނައިރު ރައީސް ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެހެން ގައުމުތަކާއެކު ކުރަން ޖެހޭ މަސައްކަތްތައް ވެސް އިތުރުވެފައިވާ ކަމަށާއި އެގޮތުން ކޮވިޑް-19 ގެ މިހާލަތުގައި ވެސް އެ ހަގީގަތް ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް