މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން ވެސް، އެމްޑީއެން ދިފާއު ކުރައްވާ ބޭފުޅަކާއި މެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށް ޝެއިހު އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން ވެސް، އެމްޑީއެން ދިފާއު ކުރައްވާ ބޭފުޅަކާ މެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށް ޝެއިހު އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީއެން ވެސް ޖަމިއްޔަތުލް ސަލަފް ވެސް އުވާލުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހުން ކަމަށާއި އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން އިލްޔާސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާނެ ބައެއް ނޫން ކަމަށެވެ. އެމްޑީއެން ރިޕޯޓުގެ މައްސަލާގައި ޔޫތް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ.