ads
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް
ސްރީލަންކަން އިން ރާއްޖެ އާއި ޔޫރަޕް ގުޅުވާލަދީފި
ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ޔޫރަޕް ގުޅުވާލަދީފި އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާ އެ އެއާލައިނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މާލެ އިން، ލަންޑަން، ޕެރިސް، ފްރޭންކްފާޓް އަދި މިލާން އަށް ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ހަތަރު ސިޓީ އަށް ސްރީލަންކަން އިން ރާއްޖެ އިން ކުރާ ދަތުރުތައް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އޭގެ އިތުރުން، ކޮންމެ ހަފްތާ އަކު ހަތް ދުވަހު ސްރީލަންކަންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

ސްރީލަންކަން އިން ރާއްޖެއަށް އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައި ވާއިރު، އެމިރޭޓްސް އިން ވެސް ވަނީ ރާއްޖެ އަށް އޮންނަ ޑިމާންޑް އިތުރުވުމާއި އެކު އެ އެއާލައިނުން ރާއްޖެ އަށް ކޮންމެ ހަފްތާ އަކު ފަސް ފަހަރު ކުރަމުން އަންނަ ދަތުރުތައް ހަފްތާ އަކު ހަ ދަތުރަށް އިތުރުކުރަން ނިންމާފަ އެވެ. 

ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފާއި ވާއިރު، މިހާރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު އައިސްފައި ވަނީ އިނގިރޭސިވިލާތުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް