
މިރާގެ ބައްޕަ އާ އެކު އޭނާ ނަގާފައިވާ އެ ފޮޓޯ އަށް ގިނަ ބަޔަކު ވަނީ ލައިކް ކޮށްފަ އެވެ. އަދި ކޮމެންޓް ސެކްޝަންގައި ހުރިހާ އެންމެން ވެސް ދައްކަނީ މިރާ ކުޑަ އިރު ލޯބި ވާހަކަ އެވެ.
އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި މީރާ ލިޔެފައި ވަނީ އެއީ ހަނދާނުގެ ފޮށިން ނެގި ފޮޓޯއެއް ކަމަ ށެވެ.
މީރާ ވަނީ ދާދިފަހުން އޭނާ އާއި ޝާހިދުގެ ކައިވެންޏަށް ފަސް އަހަރު ފުރުމާ އެކު އެކަމުގެ މުނާސަބަތުގައި ވެސް ހާއްސަ ފޮޓޯތަކެއް ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
އަދި އޭނާގެ ދަރިންގެ އަތުގައި މީރާގެ ފޯނު ޖެހުމުން ވާގޮތްވެސް މީރާ ވަނީ އިންސްޓަގްރާމްގައި ފޭނުންނާ ޝެއާ ކޮށްފަ އެވެ.
އެގޮތުން ފިރިމީހާ، ޝާހިދުއަށް ދަރިން ފޮނުވާފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓެއް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އެކި އަކުރުތަކާއި ނަމްބަރުތަކަށް ފިތުމަށް ފަހު މެސެޖުތައް ބަރިބަރިއަށް ފޮނުވާލާފައި ހުރި މަންޒަރު ފެނިގެންދެ އެވެ. އެކަން ކުރީ އޭނާގެ ކޮން ދަރިއެއް ކަމެއް މީރާއެއް ނުބުނެ އެވެ. އަދި އެކަން ކުރި ދަރި، އާންމުން ގެސްކުރަން އޭނާ ދޫކޮށްލީ އެވެ.
ބޮލީވުޑްގެ ގިނަ ތަރިންނެއް ދަނީ އެމީހުންގެ ކުޑަ އިރުގެ ފޮޓޯ ތަކާއި ކުރީގެ ހަނދާންތައް ސޯޝަލް މީޑިއާ ގައި ފޭނުންނާ ހިއްސާ ކުރަމުން ނެވެ.