ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މަރު ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.

Advertisement
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މަރު ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ސުއޫދު ވަނީ ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ކުރިން އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ސުއޫދު، މިއަދާއި ހަމައަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަނުގެ ރައީސްގެ މަގާމުގަ އެވެ.
ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ސުއޫދަށް ރުހުން ދޭން ފެންނަ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވާއިރު، މައުލޫމާތު ލިބޭ ގޮތުގައި މިއަދު 02:30 ގައި ސުއޫދު މަގާމުގެ ހުވާ ކުރައްވާނެ އެވެ.
ސުޕްރީމް ކޯޓަށް ސުއޫދު އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.
އޭގެ އިތުރުން ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ އަހްމަދު މުއުތަސިމް އަދުނާނު އުއްތަމަ ފަނޑިޔާރު ކަމަށް ގެނައުމަށް ވެސް އިއްޔެ ވަނީ މަޖިލީހުން ނިންމާފަ އެވެ.