މަހްލޫފް ވިދާޅުވީ އެކުވެނި އައުޓްޑޯ ޓްރެކްގެ ސަބް ބޭސް ނިމުމުން އެ ތަނުގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކް އަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރު ހުޅުވުމުން ރަސްމީކޮށް ޓްރެކްގެ މަސައްކަތްތައް ފަށާނެ ކަމަށާއި މައްސައްކަތާއި ބެހޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަަމަށްވެސް ވިދާޅުވި އެވެ.
އެކުވެނިި އައުޓްޑޯ ޓްރެކް އަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި ދާ ތަނެކެވެ. ސްކޫލްތަކުގެ އެތުލެޓިކްސް ޓޯނަމަންޓުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ބޫޓްކޭމްޕް ތައްވެސް މި ޓްރެކުގައި ހިންގަ އެވެ.
ހުޅުމާލޭ ގައި އެޅި ޓްރެކަކީ ރާއްޖޭގައި އެޅި ފުރަތަމަ ސިންތެޓިކް ޓެރެކެވެ. ސިންތެޓިކް އަކީ ބައިނަލްއަގްވާމީ ޓްރެކްތަކުގައި އަޅާ މަޑު މެޓެކެވެ.