ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުތައް ރޭ ކުޅެވި ލީގު ނިމުނު އިރު ޔުނައިޓެޑުން ތިންވަނަ މަގާމާއި އެކު ލީގު ނިންމާލީ ރޭ ލެސްޓަރ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެންނެވެ. އަނެއްކޮޅުން، ޗެލްސީ ރޭވަނީ ހަމަ އެ ނަތީޖާއިން ވުލްސް ބަލިކޮށްފައެވެ. ޔުނައިޓެޑާ ޗެލްސީން ކުރެ ކޮންމެ ޓީމަކަށްވެސް ފަސްދޮޅަސް ހަ ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓޭޑަށް ކުރި ލިބެނީ ގޯލްގެ ފަރަގުންނެވެ.
ރޭގެ މެޗުތަކާއި އެކު ޕްރިމިއަރ ލީގު ނިމިފައިވާއިރު، އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ކާމިޔާބުކުރީ ލެސްޓާގެ ޖެމީ ވާޑީ އެވެ. އޭނާ ލީގުގައި ތޭވީސް ގޯލް ޖަހާފައިވެއެވެ.