ads
ފޮޓޯ: އެމްޓީސީސީ
ފީވަކު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ނިމިއްޖެ
ށ. ފީވަކުގެ ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ތެރެއިން ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތާއި ބޭރުތޮށިލުމުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމެވެ.

ފީވަކުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން 356 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމެންޓް ޖެހުން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

އެމްޓީސީސީން އިތުރަށް ބުނީ 2،320  ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމެވެ.

ފީވަކުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް