ads
ދިވެހި ބަހުގެ އެކަޑަމީ--
ދިވެހިބަހުގެ އެކެޑަމީގެ "ތުއްރަވާސް" ޕޮރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
ދިވެހިބަހުގެ އެކެޑަމީގެ "ތުއްރަވާސް" ޕޮރޮގްރާމްގައި އޮންލައިންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ސީއެންއެންމް އަށް މައުލޫމާތު ދެއްވަމުން ދިވެހިބަހުގެ އެކެޑަމީން ބުނީ، "ތުއްރަވާސް" ނަމުގައި ކުރިއަންގެންދާ މި ޕޮރޮގުރާމަކީ ސުކޫލް ދަރިވަރުންނާއި، ޒުވާނުންނާއި އަދި ކޮލެޖް ޔުނިވާސްޓީގެ ދަރިވަރުންގެ ހިތްތަކުގައި ތާރީހަށާއި އަދި ތާރީހުން ފާހަގަ ކުރެވޭ ހާއްސަ ޝަހުސިއްޔަތުތަކާއި، ތާރިހުގައި ހިގާފަ ހުރި އެކި އެކި މުހިންމު ހާދިސާތަށް އެ ކުދިންނަށް ކިޔާދިނުމުގެ ގޮތުން 2011 އިން ފެށިގެން އެ އެކަޑަމީން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. މީގެ ކުރިންވެސް ތުއްރަވާސްގެ ޕްރޮގުރާމްތަށް ހިންގާފައިވާނެކަން ފާހަގަ ކުރައްވާ އެކަޑަމީން ބުނީ، މާލޭގެ އިތުރުން ކ. ކާށިދޫގައިވެސް ތުއްރަވާސް ގެ ޕްރޮގުރާމެއް ހިންގާފައިވާނޭކަމަށެވެ.

ތުއްރަވާސްގައި މަައިގަނޑުގޮތެއްގައި މައުލޫމާތު ދޭނީ ދިވެހި ބަހުގެ އެކަޑަމީގެ ތާރިހް ސެކްޝަންގެ ބޭފުޅުންކަމަށް ވިދާޅުވިއެވެ. 

ތުއްރަވާސްގެ ޕްރޮގުރާމްތަކަށް ވަރަށް ބޮޑު ތާއީދެއް ލިބޭކަަމަށާއި އެގޮތުން 2017ވަނަ އަހަރުން ފެށިގެން، މިއީ ކުރިއަށް ގެންދެވޭ ތިން ވަނަ ޕްރޮގުރާމްކަން ފާހަގަކުރައްވާ އެކަޑަމީން ބުނީ ވަރަށް ގިނަ ކުދިން މި ޕްރޮގުރާމްތަކުގައި ކޮންމެ ފަހަރަކުވެސް ބައިވެރިވާކަމަށާއި، ކޮންމެ ޕްރޮގުރާމެއްވެސް ނިންމާލަނީ ގާތްގަޑަކަށް 100 އަށްވުރެ ގިނަ ކުދިންގެ ބައިވެރި ވުމާއިއެކު ކަމަށެވެ.

މިކަން މިހާރަށް ވުރެ ފުޅާކުރެވިދާނެކަން ފާހަގަ ކުރައްވާ އެކެޑެމީން ބުނެފައިވަނީ ކޮވިޑް 19 އާއި އެކު ހުރި ދަތިތަކުގެ ސަބަބުން އޮންލައިންކޮށް މިފަހަރު މި ޕްރޮގުރާމް ބާއްވާތީ ބައިވެރިންގެ އަދަދު ކުރިއަށްވުރެ އިތުރުވާނެކަމަށް އުންމީދު ކުރާކަމަށެވެ. ޖާގައިގެ ދަތިކަން އޮތުމުގެ ސަބަބުން މީގެ ކުުރިން ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރި ނުވެވޭކަން ފާހަގަ ކޮށް ބުނެފައިވަނީ މިފަހަރު އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައި ވުމުން ބައިވެރި ވާން ބޭނުން ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.

"ތުއްރަވާސް ފަހެއް" މި ފަހަރު ހުޅުވައިލައިފައި ވަނީ ތިން އުމުރުފުރައަކަށެވެ. އެއިީ ހަތް އަހަރާއި 10 އަހަރާ ދެމެދު، އަދި 10 އަހަރާއި 15 އަހަރާ ދެމެދު، މީގެ އިތުރުން 15 އަހަރާއި 21 އަހަރާ ދެމެދުގެ ކުދިންނަށެވެ. ތުއްރަވާހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 2020 އޮގަސްޓު ހަ ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކެޑަމީއަށް ހުށައެޅުމަށް އެކަޑަމީން އެދެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް