ads
ފޮޓޯ:ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން އިން ދަތުރުކުރާ މަންޒިލްތަށް އިތުރުކޮށްފި
ސްރީލަންކަން އެއާލައިން އިން ދަތުރުކުރާ މަންޒިލްތަށް އިތުރުކޮށްފި އެވެ.

ކޯވިޑް-19އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ އެއާލައިން އިން ދަތުރުކުރާ މަންޒިލްތަށް އިތުރުކުރަން ނިންމާފައިވާއިރު އެއާލައިން އިން ބުނީ ސިއްހީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކާއިއެކު ދަތުރުތަށް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިމަހުގެ 15 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އެއާލައިނުން ދަނީ ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ބާއްވަމުންނެވެ. އަދި އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާއަކު ހަތް ދަތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރާއްޖެއަށް ދަތުރުތައް ފެށުމަށް ބައިނަލްއަޤްވާމީ 11 އެއާލައިނަކުން ވަނީ ޝެޑިއުލްކޮށްފައެވެ. އަދި މިއަަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ސްރީލަންކަންގެ އިތުރުން އެމިރޭޓްސް އެއާލައިނުންވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް