އެމްއެންޑީއެފުން ބުނެފައިވަނީ މާފަންނުގައި ހުރި ގެއެއްގެ 2 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ބޭލުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
އެގޮތުން އެ ފަރާތަކީ އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ތިރިޔަށް ބޭލުނު ފަރާތެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން އެމްއެންޑީއެފުން ވަނީ މިގޮތަށް އުސް އިމާރާތްތަކުން ދުވަސްވީ ފަރާތްތައް ތިރިއަށް ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.