ads
ނަކުލް--
ނަކުލް އުޅެނީ ވަރަށް ހާއްސަ މީހެއްގެ މަތިން ހަނދާން ވާތީ!
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ ވަރަށް ހާއްސަ މީހެއްގެ މަތިން ހަނދާން ވާތީ އެބަ އުޅެ އެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ ވަރަށް ހާއްސަ މީހެއްގެ މަތިން ހަނދާން ވާތީ އެބަ އުޅެ އެވެ.

ނަކުލް މިހާރު އަންނަނީ ޒީ5 އިން ދައްކަމުން އަންނަ ވެބް ސީރީޒްގައި މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅިގެން މި ދުވަސްކޮޅު އާއިލާއާ ދުރުގައި އޭނާ ހުރިއިރު ދާދި ފަހުން އޭނާ ވަނީ މީހަކު މަތިން ހަނދާންވާ ކަމަށް ބުނެފަ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ނަކުލް ވަނީ އޭނާގެ އަންހެނުން ޖާންކީ ސިންގް މެހެތާގެ ފޮޓޯއެއް ހިއްސާކޮށް، އެ މޫނު މަތިން ހަނދާންވާ ކަމަށް ބުނެފަ އެވެ.

View this post on Instagram

I miss this face ❤️

A post shared by Nakuul Mehta (@nakuulmehta) on


ނަކުލްގެ އެ ޕޯސްޓާ އެކު އޭނާގެ ސަޕޯޓަރުން ވަނީ ނަކުލް އަށް ވަރަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ނަކުލް އަކީ ޖާންކީ ދެކެ ވަރަށް ލޯބިވާ ފިރިއެއް ކަމަށާއި އެފަދަ ފިރިން އެންމެނަށް ވެސް ލިބުމަށް ސަޕޯޓަރުން ވަނީ ދުއާކޮށްފަ އެވެ.

ނަކުލް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ސްޓާޕްލަސް އިން ދެއްކި އިޝްގްބާޒުން ލީޑު ރޯލުން ފެނިގެން ދިޔަ ނަކުލް ވަނީ 2012 ވަނަ އަހަރު ސްޓާޕުލަސް އިން ދެއްކި "ޕިޔާރް ކާ ދަރްދު ހޭ" އިން ވެސް ފެނިގެން ގޮސްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް