އެތްލެޓިކްސްގެ އިންތިޚާބުގައި އެސޯސިއޭޝަންގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމްގައި ހުންނެވި އަހުމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ މުސްތަފާ މުހައްމަދެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ އިތުރު ތިން މެމްބަރުންގެ މަގާމަށް ވާދަކުރަނީ މުހައްމަދު ޝުޖާއު އާއި ފުޓްބޯޅަ ކޯޗު މުހައްމަދު ޝާހިދު އަދި ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަދި ހުސެއިން އަމީން ނަސީރާއި އަހުމަދު ޝަގީފް (ރިވަރިން) އެވެ. އަންހެން މެމްބަރު ކަމަށް ވާދަކުރަނީ މިހާރު ވެސް އެ މަގާމް ފުރަމުން އަންނަ ޔާސްމީން އަބްދުﷲ އެވެ.