
ބްރޯޑްކޮމަށް ޒީނާ އައްޔަން ކުރަން ކޮމެޓީން ނިންމީ އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުން ހުސްވި ގޮނޑިއަށެވެ.
އެ މަގާމު ހުސްވުމުން ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި10 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެ ހުރިހާ އެންމެންގެ ނަން ރައީސް މުއިއްޒު ވަނީ މަޖިލިހަށް ފޮނުއްވާފައެވެ.
ކޮމެޓީން އެ ނަންތައް ދިރާސާކުރުމަށްފަހު އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ފަރާތަކަށެވެ.
ކޮމެޓީން 75 އިންސައްތަ މަތިން މާކްސް ލިބުނު ތަރުތީބު:
1. ޒީނާ ޒާހިރު - 85.13 އިންސައްތަ
2. އައިޝަތު ޝިޔާނާ - އިންސައްތަ
3. ޝިމްލާ އަހުމަދު - އިންސައްތަ
4. މޫސާ ރިލްވާން - އިންސައްތަ
5. ޒަމްއަތު އަހުމަދު ވަހީދު - 77.50 އިންސައްތަ
ކޮމެޓީން މާކްސް ދިން އިރު 75 އިންސައްތަ ދަށުން ލިބުނު ފަރާތްތައް
- އިބްރާހިމް އަޝްރަފް
- އަލީ ޔޫސުފް
- އަހުމަދު ޒާހިރު
- މުހައްމަދު ޝަމީމް
- ފާތިމަތު ޒައީމާ
ކޮމިޝަންގެ ނައިބަކަށް ކުރިން ހުންނެވި ފަޒީން އިސްތިއުފާދެއްވުމުން އެމަމާގަށް އައްޔަންކުރަން މަޖިލީހުގެ ކޮމެޓީން ފާސްކުރި ޒީނާވަނީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބްރޯޑްކޮމްގެ މެެމްބަރުކަން ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ 2020 ވަނަ އަހަރު އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ.
ކޮމިޝަންގެ މެމްބަރު އައިމިނަތު އަމީނާގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައްވެސް ރައީސް މުއިއްޒު މަޖިލިހަށް މިއަދު ފޮނުއްވުމުން އެ ނަންތައް ދިރާސާކިރުމުގެ މަސައްކަތް ކޮމެޓީން ވަނީ ފަށާފައެވެ.