ads
ޒަކިއްޔާގެ މަރައް އިންސާފު ހޯދުމައް ނ ހޮޅުދޫގައި މުޒާހަރާކުރަނީ
ޒަކިއްޔާ އޮޓަޕްސީ ނެހެދީ ޑޮކްޓަރުން ލަފާދިނީމަ: އިހްސާން
ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް އެންމެ ފުރަތަމަވެސް ނެހެދީ އެކަމުގެ ތަޖުރިބާކާރު ޑޮކްޓަރަކު ދިން ލަފާގެ މަތިންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ޒަކިއްޔާ އޮޓަޕްސީ އެންމެ ފުރަތަމަވެސް ނެހޭދީ ކީއްވެތޯ އާއްމު ރައްޔިތަކު އަހާ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވަނީ ޒަކިއްޔާގެ އޮޓަޕްސީ ނެހެދި ސަބަބު ވަރަށް ތަފްސީލުކޮށް ކިޔާދެއްވާފައެވެ. 

މިނިސްޓަރު އިހްސާން ވިދާޅުވީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުމުން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސް އޭނާގެ އޮޓަަޕްސީ ހަދަން މާލެ ގެނައިކަމަށެވެ. އެހެންނަމަވެސް އެތައް ހާސް އޮޓަޕްސީއެއް ހަދާފައިވާ ޑޮކްޓަރެއް އެދުވަސްވަރު މާލޭގައި ހުރުމުން ފުލުހުން އެކަމުގައި އޭނާގެ ލަފާ ހޯދިކަމަށެވެ. 

" އެމީހާ މިކޮޅުގައި ހުރީމައި އެމީހާގެ ޓެކްނިކަލީ ލަފައެއް ހޯދީ. އެމީހާ ޒަކިއްޔާއަށް ލިބިފައި ހުރި އަނިޔާތަކާއި ހުރިހާކަމެއް ބަލާފައި އޭނާގެ އެކްސްޕީރިއަންސްގައި އަޅުގަނޑުމެން ދިން ލަފާ ޕްރޮފެޝަނަލް ލަފާ މިދެނީ، ދީފައި އެމީހާ މި ބުނަނީ އިތުރަށް ބޭރަށް ގެންގޮސްގެން ހަށިގަނޑު އިތުރަށް ފަޅައިގެން ބެލިޔަސް އެ ކޯޒް އޮފް ޑެތާއި އޭނާ އެދިން ޕްރޮފެޝަނަލް އޮޕީނިއަން ތަފާތުވާނޭކަމަށް އޭނާ ގަބޫލުނުކުރާކަމަށް. އެހެންވެ ފުލުހުން އެ ލަފަޔާއި އެކީ ކުރިޔަށް ދާން ނިންމީ." މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

 

ޒަކިއްޔާގެ މަރުގެ މައްސަލާގައި ނެގިފައިވާ ފޮޓޯތަކާއި މައުލޫމާތައް ފޮނުވާ އެފްބީއައި އާއި އިނގިރޭސިވިލާތުގެ ފުލުހުންނާއި އަދި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުގެ ހިޔާލު ހޯދާފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

" މި ހުރިހާ ބޭފުޅުންގެވެސް އޮޕީނިއަން އައީ ހަމަ ފޮރެންސިކަލީވެސް އެއްގޮތަކަށް ޕްރޮފެޝަނަލީވެސް އެއް އޮޕީނިއަނެއް ލިބުނީ. އެހެންވީމާ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެން އޭރު ނެގި ޑިޝިޝަން ގޯސްކަމަކަށް." މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ޒަކިއްޔާ މަރާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މި ފަދަ މައްސަލަތަކުގައި އޮޓަޕްސީ ހަދަން މިހާތު ނިންމާފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީ ފުލުހުން ވަނީ ހަދާފައެވެ. އެހެންނަމަވެސް އެ ރިޕޯޓް ބަލައިނުގަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް