
އެ ފޮޓޯ އިން އަމީތާބް އާއި އަރާދްޔާ ވެސް ފެނިގެން ދަނީ ވަރަށް އުފަލުގައި ހުރި ތަނެވެ. އަރާދްޔާ ދެކެ އަމީތާބް ލޯބިވާ ވަރު އެ ފޮޓޯއިން އެކަނިވެސް ފެނިގެން ދެ އެވެ.
ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީތާބު ބައްޗަން އާއި އޭނާގެ ފިރިހެން ދަރިފުޅު، އަބީޝޭކް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އައިޝްވާރިއާ އާއި އަރާދްޔާ ކޮވިޑަށް ޕްޒިޓިވެ ފަރުވާ ދީފައިވެ އެވެ. ނަމަވެސް މިހާރުވަނީ އައިޝްވާރިއާ އާއި އަރާދްޔާ އެބަލިން ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.
އެ އެންމެނަށް ވެސް ފަރުވާދެމުން އަންނަނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ.
ކޮވިޑް ޖެހިގެން އަމީތާބަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާ އަދި ބައްޔަށް ނެގެޓިވް ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ދަނީ ޝުކުރު އަދާކުރަމުންނެވެ.
އަމީތާބު ދިރިއުޅޭ ގޭގެ ސަރަހައްދު ބަންދުކޮށް ޑިސްއިންފެކްޓްކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އަމީތާބަށް ބަލި ޖެހުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފަ އެވެ.