ރިޔާސީ ގަނޑުވަރު މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

Advertisement
ރިޔާސީ ގަނޑުވަރު މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ، ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަހަރުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އަދި މިހާރު ތަރިކަ އަކީ ވެސް އިގްތިސޯދުގެ ބައެއް ކަމަށާއި ޓޫރިސްޓުން އެކި ގައުމުތަކަށް ދަތުރުކުރާ ސަބަބަކީ ވެސް އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ބަލައި ހޯދުން ކަމަށް ވިދާޅުވި އެވެ.
މުލިއާގެ ބިނާ ކުރަން ފެށީ 1914 ވަނަ އަހަރު އެވެ. ބިނާކޮށް ނިމުނީ 1919 ވަނަ އަހަރުއެވެ. އެ ގަނޑު ބިނާކުރެއްވީ އަލް ސުލްތާން މުހައްމަދު ޝަމްޝުއްދީން ތިންވަނައެވެ. އެ ގަނޑުވަރަކީ ޝަމްޝުއްދީނުގެ ދަރިކަލުން އަދި ވަލީ އަހުދު ހަސަން އިއްޒުއްދީނަށް ބިނާކޮށްދެއްވި ގަނޑުވަރެކެވެ.