
އެތްލެޓިކްސް ޓީމެއް ރާއްޖޭން ބޭރުގައި
އެތުލެޓިކްސްގެ ރައީސް ކަމަށް މި ފަހަރުވެސް ތޮލާލް
29 ޖުލައި 2020 - 23:48:31
ވިދިވިދިގެން ތިންވަނަ ދައުރަކަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް، މުހައްމަދު ތޮލާލް އިންތިހާބުކޮށްފި އެވެ.
އެތްލެޓިކްސްގެ ރައީސް ކަމަށް ތޮލާލް އިންތިހާބު ކުރީ މިއަދު އޮތް އިންތިހާބުގަ އެވެ.
ތޮލާލް އިންތިހާބު ކާމިޔާބު ކުރެއްވީ، ކުރީގެ އެތްލީޓު ދުވުންތެރިޔާ ޔަޒްނީ ނަޝީދާއާ ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްގެންނެވެ. ތޮލާލްއަށް 15 ވޯޓް ލިބުން އިރު ޔަޒްނީއަށް ލިބުނީ އެންމެ ވޯޓެކެވެ.
އެސޯސިއޭޝަނުގެ ނައިބް ރައީސް އަހުމަދު އަޒީލްއަށްވެސް ވަނީ 15 ވޯޓް ލިބިފައެވެ. އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސްގެ އިސް މަގާމަކަށް ދާދި ފަހުން ބަދަލުކުރެއްވި މުސްތަފާ މުހައްމަދު ވެސް ވަނީ 15 ވޯޓު ހޯއްދަވާފަ އެވެ. މުސްތަފާ އިންތިހާބުވީ އިތުރު ކެންޑިޑޭޓަކާ ވާދަކުރުމެއް ނެތި ހަޒާންދާރު ކަމަށެވެ. ނާއިބު ރައީސްކަމުގެ މަގާމަށްވެސް އިތުރު ކެންޑިޑޭޓަކު ވާދަނުކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް