ads
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަނީ--
ނުވަ ރަށެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން އެބަތިބި
މިހާރު ވެސް ރާއްޖޭގެ ނުވަ ރަށެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުން ތިބި ރަށްތަކަކީ ހއ. ކެލާ، ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، އެ އަތޮޅު ހިތަދޫ، ކ. މާފުށި އާއި އއ. ތޮއްޑޫ އަދި ޅ. ކުރެންދޫ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން ޝެވަލް ބްލޭންކް ރަންދެލި، ސޮނެވާ ޖާނި، އަދި ސީސައިޑް ފިނޮޅު ގައި ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް އެކްޓިވް ކޭސްތައް އެބަ ހުރި ކަމަށް އެޗްޕީއޭ އިން ހާމަ ކޮށްފައި ވާއިރު، ކޮވިޑް-19 މެނޭޖްމެންޓް ފެސިލިޓީތައް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފަ އެވެ. އަދިި މިހާރު އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑް-19 އަށް ފަރުވާދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހެލްތު މިނިސްޓަރާއި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. 

މިވަގުތު އަތޮޅު ތެރޭގައި އެކްޓިވް ކޭސްތަކެއް ހުރި ނަމަވެސް މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅުތެރެއިން މީހަކު ނުހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

މިއަދު އިތުރު 61 މީހާކު ޕޮޒިޓިވްވެ ރާއްޖެ އިން ބަލިޖެހި، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 3567 އަށް އަރާފައި އެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 983 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް