ads
ގެފުޅުގެ އުރަ ބަދަލުކުރަނިކޮށް
ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި
ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ޖުލް ހިއްޖައިގެ ނުވަވަނަ ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރާއިރު ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އުރަކޮޅު ބަދަލުކުރި ވަގުތަކީ ވާރޭވެހި، ގުގުރާފައިވާ ވަގުތެކެވެ. 

ސަލްމާނު ރަސްގެފާނުގެ ބަދަލުގައި މައްކާގެ ޕްރިންސް ހާލިދް އަލް-ފައިސަލް ވަނީ ބުދަ ދުވަހު ގެފުޅުގެ އާ އުރަކޮޅު ގެފުޅުގެ ބެލެހެއްޓުމުގައި އިސްކޮށް ހުންނަވާ ސަލެހް ބިން ޒައިން އަލް-އާބިދީން އަލް-ޝައިބި އަށް ހަވާލުކުރައްވާފަ އެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ފަށަނީ ހައްޖުގެ އެންމެ މާތް އަޅުކަން އަދާކުރަން ހައްޖުވެރިން އަރަފާތަށް ދަތުރު ފެށުމާއެކު އެވެ. އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ޓީމަކުން އެ މަސައްކަތް ކުރާއިރު ކަޅުކުރައިގެ އެ އުރަކޮޅަކީ ދިގު މިނުގައި 14 މީޓަރު ހުންނަ އުރަކޮޅެކެވެ. ސިލްކް ފައިބަރުން ތައްޔާރުކޮށް، ރަން އަދި ރިހި ރޮދިން ގުރުއާނުގެ އާޔަތްތައް ވެސް އެ އުރަކޮޅުގައި ލިޔެފައި ހުރެ އެވެ.

އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް މިލިއަން ރިޔާލު ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ އުރަކޮޅު ތައްޔާރުކުރީ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ހާއްސަކޮށްފައިވާ ކާރުހާނާއެއްގަ އެވެ.

ކޮވިޑާއި ގުޅިގެން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. އެގޮތުން 2.5 މިލިއަނަށް ގާތްކުރާ ވަރަށް މީހުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރިވެފައިވާއިރު މިއަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް 10،000 މީހުންނަށް މަދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް