"ބަކެޓް ރެޑް ނޯ:11" ގެ ނަމުގައި ކޭއެފްސީން ތައާރަފްކުރި އެ ލިޕްސްޓިކަކީ ކޭއެފްސީގެ ކުކުޅު ތައްޔާރުކޮށްފައި އަޅާ ބަކެޓުތަކާއި ގުޅުވައިގެން ދެވުނު ނަމެއް ކަމަށް ވެ އެވެ.
އެ ލިޕްސްޓިކް ތައްޔާރުކޮށްފައިވަނީ ކޭއެފްސީގެ ހޮޓް ވިންގްސް އަދި ޗިލީ އޮއިލް ގެ ރަހަ ހިމެނޭ ގޮތަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ލިމިޓަޑް އެޑީޝަން އެ ލިޕްސްޓިކް ތައްޔާރުކޮށްފައިވަނީ ގިނަ ވަގުތުތަކެއް ހުންނާނެ ގޮތަށް ކަމަށް އެ ބްރޭންޑުން ވަނީ ބުނެފައެވެ.
މީރު އަދި އަށް ގަޑިއިރުގެ ވަގުތަކަށް ހުންނާނެ ގޮތަކަށް ތައްޔާރުކޮށްފައިވާ އެ ލިޕްސްޓިކް އުނގުޅައިގެން ކެއުމުން ލިޕްސްޓިކް މުޅި އަނގަމަތީގައި ނޫންގުޅޭނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯ: ކޭއެފްސީ