ads
އިރުފާން ހާން އާއި ދަރިފުޅު ބާބިލް ހާން--
މުސްލިމަކަށް ވީތީ ރައްޓެރހިން އަހަންނާ ވާހަކަދެއްކުން ހުއްޓާލައިފި: ބަބިލް ހާން
މުސްލިމަކަށް ވުމުން ބައެއް ރައްޓެހިން ވާހަކަދެއްކުދުން ހުއްޓާލައިފި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އިރްފާނާ ހާންގެ ދަރިފުޅު، ބަބިލް ހާން ބުނެފި އެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ބަބިލް ބުނެފައި ވަނީ، އޭނާ ކޮންމެ ވާހަކަ އެއް ދެއްކިޔަސް އޭނާގެ ޓީމުން ތިބޭނީ އެ ވާހަކައިގެ ސަބަބުން އޭނާގެ ކެރިއަރު ގެއްލިދާނެއޭ ކިޔާ ކަމަށެވެ. 

އޭނާ ބޭނުން ވަނީ ބައެއްގެ ނުފޫޒު ނުފޯރާ މިނިވަން ކަމައި އެކު އޭނާގެ ދީނުގެ ވާހަކަ ވެސް ދައްކަން ކަމަށް ބަބިލް ބުނެ އެވެ. އަދި އޭނާ އާއި އެކު ކުޑައިރު ކުޅެން އުޅުނު އެތައް ރައްޓެހިން އޭނާ އާއި ވާހަކަ ނުދައްކާ ކަމަށާއި، އޭނާ އަކީ ހަމައެކަނި އޭނާގެ ދީން ނޫން ކަމަށް ބަބިލް ބުނެ އެވެ. 

ބަބިލް ބުނީ މީގެ ކުރިން ވެސް ހިންދޫންނާއި މުސްލިމުންނާއި ކްރިސްޓިއަނުން ވެސް ރަނގަޅަށް އުޅެމުން އައި އިރު، މިހާރު އިންޑިއާގައި ދީނީ ތަފާތުކުރުންތައް ގެންގުޅޭތީ ކަންބޮޑުވާ ކަމަށެވެ.

ވަކި ދީނެއްގެ ބަޔަކަށް މިނިވަން ކަމާއި އެކު އުޅެވެ އިރު، ވަކި ބަޔަކަށް ފުރައްސާރަ ކުރަމުންދަނީ ކީއްވެތޯ ސުވާލުކޮށް ބަބިލް ވަނީ ހުކުރު ދުވަހުގެ އީދު ސަރުކާރުން ކެންސަލްކޮށް، ހޯމަ ދުވަހު ރަކްޝާ ބަންދަން ކެންސަލް ނުކޮށް އޮތް އޮތުމަށް ވެސް ފާޑުކިޔާފަ އެވެ. އަދި ކެންސަލް ކޮށްފައިވާ އީދު އޭނާ ގޭގައި ފާހަގަކުރާނެ ކަމަށް ވެސް ބަބިލް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން އޭނާ އަކީ އިންޑިއާ އާއި ދެކޮޅު މީހެކޭ މީހުން ކިޔަން ފަށާނެ ކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް އޭނާ އިންޑިއާ ދެކެ ލޯބި ނުވެއޭ ބުނެގެން ނުވާނެ ކަމަށް ބަބިލް ބުނެ އެވެ. އޭނާ ކިޔަވަން ދަނީ ލަންޑަނަށް ކަމަށާއި، އެކޮޅުގައި ހުންނަ އިރު، އަބަދުވެސް އިންޑިއާ މަތިން ހަނދާންވާ ކަމަށާއި، އަނބުރާ ގައުމަށް އައިސް، ރިކްޝާ އަކަށް އެރޭނެ ދުވަހަކަށާއި، ޕާނީ ޕޫރީ ކެވޭނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރާ ކަމަށް ބަބިލް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް