ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ޖުލައި މަހު ޕެންޝަނުގެ ގޮތުގައި 117 މިލިއަން ރުފިޔާ ދޫކޮށްފި
ޖުލައި މަހު ފެންޝަނުގެ ގޮތުގައި 117.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިޓަޔަމަންޓް ޕެންޝަން ޖުލައި މަހު ވަނީ 1366 އަށް މީހަކަށް ދޫކޮށްފަ އެވެ. އެގޮތުން 7.2 މިލިއަން ރުފިޔާ ރިޓަޔަމަންޓް ޕެންޝަނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. 

އަދި އަސާސީ ޕެންޝަން 18172 މީހަކަށް ދޫކޮށްފައިވާއިރު އަސާސީ ޕެންޝަނުގެ ގޮތުގައި ވަނީ 86.3 މިލިއަން ދޫކޮށްފަ އެވެ. 

އޭގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި 17.9 މިލިއަން ރުފިޔާ ވަނީ 4022 މީހަކަށް ދޫކޮށްފަ އެވެ. 

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 3242 މީހަކަށް ވަނީ 6.1 މިލިއަން ރުފިޔާ ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތުގެ ގޮތުގައި ދޫކޮށްފަ އެވެ. 

ޕެންޝަން އޮފީހުން ބުނީ، ރިޓަޔަމަންޓް ފެންޝަން ފިޔަވައި އެހެން ޕެންޝަނާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދެވޭ ޕެންޝަނާއި އިނާޔަތްތަކެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް